Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ޓެލެގްރާމުގައި ބަރަހަނާ ފޮޓޯތަކެއް ލީކުކުރި މީހާގެ ބަންދަށް 15 ދުވަސް

ޓެލެގްރާމްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުކުރި މއ. އިސްޕަންޖުގެ މަސާއިދު ބިން ސަމީއުގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ.

އެކި ދުވަސް މަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައި މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް 11 ދައުވާއެއް ވަނީ އުފުލާފައެވެ

މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

– އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ

– އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ

– އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ

– އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ

– އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ

– އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ

– އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ

މީނާގެ ބަންދު މަޖިލީހުގައި މީގެ ކުރިން ފުލުހުން ބުނެފައިވަނީ މީނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާރޑްޑްރައިވް ތަހުލީލުކުރުމުން 1 މިލިއަނަށްވުރެއް ގިނަ ފޮޓޯއާއި ފާސަނަލް ފައިލްސް ފެނިފައިވާކަމަށާއި, މީނާގެ އޮފީހުގެ ވަތްގަނޑުގެ ތެރެއިން އިތުރު 2 ހާރޑްޑްރައިވް އަދި މީނާގެ ގެއިން 7 ހާރޑްޑްރައިވް ފެނިފައިވާކަމަށެވެ.