Last Updated: June 21, 21:40
Sunday, June 21, 2026
ޚަބަރު

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ޖޭއެސްސީ

ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަޙްމަދު އާމިރުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤު ކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ތަހުގީގު ކުރުމަށް ނިންމާފައިވަނީ އިސްމެޖިސްޓްރޭޓް އާމިރު ދައުލަތުގެ އިދާރާއަކަށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ދީފައިވާކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އެގޮތުން އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން މައުލޫމާތުދެ އެވެ.

މީގެ ކުރިން ވެސް އެކި ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންގެ މައްސަލަަތައް ޖޭއެސްސީން ބަލާފައިވެއެވެ. އަދި އޭގެތެރެއިން ބައެއް ފަރާތްތައް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވާފައިވެއެވެ.