Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އެގޮތުން ނައްތާލާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ނިޔަލަށް ގއ.ކޫއްޑޫ ޑޮމެސްޓިކް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 585 ބަނގުރާ ފުޅި އާއި 201 ބިއަރު ދަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިތަކެތި ނައްތާލާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަންގައެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.