Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

ކޮވިޑް-19: 19 ރަށެއް މޮނިޓަރިންގައި

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އާ ގުޅިގެން 19 ރަށެއް މޮނިޓަރިންގެ ހާލަަތަސް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 07:00 އާ ހަމައަށް 19 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތްކަމަށެވެ.

އެގޮތުން މޮނިޓަރިންގެ ހާލަތުގައި އޮތީ ކ. ގާފަރު، ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ތ. ދިޔަމިނގިލި، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި، ށ. މާއުނގޫދޫ، ފ. ނިލަންދޫ، ނ. ވެލިދޫ، އދ. މަހިބަދޫ، އދ. އޮމަދޫ، ލ. ފޮނަދޫ، ދ. މާއެނބޫދޫ އަދި މ. ވޭވަށެވެ.

އިއްޔަ ރާއްޖެއިން ކޮވިޑް-19 އަށް 105 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުން 21 މީހުން ޕޮޒިޓިވްވިއިރު އެހެން ހިސާބުތަކުން 80 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 84،971 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތުތިބީ 1549 މީހުންނެވެ. މިބަލިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 83،178 އަށް އަރާފައެވެ. ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 231 އަށް އަރާފައެވެ.