Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ދެން އިވޭނީ މަހްލޫފަށްވެސް ދައުވާ ނުކުރަން ނިންމާ ހަބަރު: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު-

ދެން އެންމެ އަވަހަށް އިވޭނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވި ސަސްޕެންޑްކޮށްފައި ހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށްވެސް ދައުވާ ނުކުރަން ނިންމާ ހަބަރުކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފެންނަ ކަންކަމުން ސާފުވަނީ ޤާނޫނު ހިންގުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަނގަޅު ނުފޫޒު ފޯރުވަމުންދާކަން ކަމަށެވެ.

"އެސްއޯއެފުން ފައިސާ ލިބުނު ވަޒީރަށް، އެމްޑީޕީ މޭޔަރަށް އަދި މެމްބަރަކަށް ދަޢުވާ ނުކުރާނެ. ދެން އިވޭނީ މަޙްލޫފަށްވެސް ދަޢުވާ ނުކުރާ ޚަބަރު." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

އަދި ޖަމީލް ވިދާޅުވީ އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ވެރި ބައެއްކަމަށެވެ.

މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީއަށް ގޮތެއް ނުނިންމި ގިނަދުވަސްތަކެއް ވެފައިވާއިރު އެކަމުގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުމަށް ރައީސް ސޯލިހްވެސް އެދިވަޑައިގެންފައިވެއެވެ.