Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ސޯބެއަށް

ސޯބެ އަށް ސްޓޭޓް މިނިސްޓަރު ކަމުގެ ލިޔުން އެރުވުން-- ފޮޓޯ: ރައީސް އޮފީސް

އައްޑޫސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.

ސޯބެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރަކަށް ހަަމަޖައްސާފައިވާއިރު ދުވަސްކޮޅަކު މާލޭގައި މަސައްކަތްކުރެއްވުމަށްފަހު ސޯބެ މަސައްކަތް ކުރައްވާގޮތަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގައެވެ. އެގޮތުން އައްޑޫސިޓީގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ގާތުން ބެއްލެވުމުގައި ސޯބެ ހަރަކާތްތެރިވެލައްވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްލޭނިން މިނިސްޓްރީގެ އޮފީހެއް އައްޑޫސިޓީގައި ހުޅުވުމާ ގުޅޭގޮތުންވެސް، މާދަމާ މަޝްވަރާ ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދު ނެގުމަށްފަހު ރާއްޖޭގައި އެއްސަރަހައްދެއްގައި އެންމެގިނަ ޕްރޮޖެކްޓްތައް ކުރިއަށްގެންދަނީ އައްޑޫސިޓީގައެވެ.

ސޯބެ ވަނީ އައްޑޫސިޓީގެ މޭޔަރުކަން 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ކުރައްވާފައެވެ.