Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޖުލައި އިން ސެޕްޓެމްބަރަށް 203 މައްސަލައެއްގައި ޤާނޫނީ ލަފާ އަރުވައިފި

ބަންޑާރަނާއިބު އިބްރާހިމް ރިއްފަތު - ފޮޓޯ: މަޖިލިސް

ފާއިތުވި ތިން މަހު 203 މައްސަލައެއްގައި ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާކަން ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ އޮފީހުން ވަނީ 1 ޖުލައި އިން 30 ސެޕްޓެމްބަރުގެ ނިޔަލަށް 203 މައްސަލައަކަށް ލަފާދީފައެވެ. އޭގެތެރޭގައި ޖުލައި މަހުގެ ކުރިން ލަފަޔަށް އެދިފައިވާ 44 މައްސަލައެއް ހިމެނޭކަމަށްވެސް އެ އޮފިހުން މައުލޫމާތުދެއެވެ.

މި ތިން މަހުގެ ތެރޭގައި ބިލު ތަސްދީގު ކުރުމާ ގުޅޭގޮތުން ފަސް ލަފައެއް ދީފައިވާއިރު އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭގޮތުން 60 ލަފާ، ގަވައިދުތަކާ ގުޅޭގޮތުން 42 ލަފާ، އުސޫލުތަކާ ގުޅޭގޮތުން 8 ލަފާ އަދި އެހެނިހެންކަންކަމާ ގުޅޭގޮތުން 88 ލަފައެއް ދީފައިވެއެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް އޭޖީ އޮފީހުން ވަނީ ޖުމުލަ 532 މައްސަލައެއްގައި ލަފާ އަރުވާފައެވެ.