އަޑިޔަށްދިޔަ ސަޕްލައި ދޯނީގައިތިބި ފަސް މީހުން ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލްމޭލު ބޭރުން އަޑިއަށް ގޮސްފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 05:59 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އެ ދޯނީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހުން ފެނިފައިވަނީ 08:30 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެމީހުންގެ ހާލު ރަނގަޅު ކަމަށާއި އެމީހުން ކާށިދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެމްއެންޑިއެފުން ބުނެފައިވެއެވެ.