Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވައިފި، ގިނަ ހިދުމަތްތަކެއް ލިބޭނެ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގިނަ ހިދުމަތްތަކަކާއެކު ސްޓެލްކޯގެ ވޯކްޝޮޕް (ސްޓެވޯ) ހުޅުވައިފިއެވެ.

ސްޓެލްކޯއިން ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެ ވޯކްޝޮޕް ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

ހުޅުމާލެގައި ހުންނަ ސްޓެލްކޯ ބާ އިންޖީނުގޭގައި "ސްޓެވޯ" ގެ ނަމުގައި ހެދި ވޯކްޝޮޕުން ދޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ޖަނަރޭޓަރު އެސެމްބްލަކޮށް، ސާވިސްކޮށް ސާފު ކުރުން، މި ވޯކްޝޮޕްގައި ތިން މޮޑިއުލްއެއް ނުވަތަ ބައެއް ހިމެނޭ އެއް މޮޑިއުލްއަކީ 300، އެސްޓީޑަބްލިއު 600 އަދި އެސްޓީޑަބްލިއު 800 މީގެ އިތުރުން ކަސްޓަމަރުގެ ބޭނުވާ ގޮތަށް ޖަނަރޭޓަރު މޮޑިފައި ކޮށްދޭނެ އެވެ.

އަދި ހާއްސަ ހިދުމަތެއްގެ ގޮތުގައި އަލްޓްރާ ސްރޯނިކް ކްލީނިންގެ ހިދުމަތް ދޭނެ ކަމަށާއި، އެ ހިދުމަތަކީ އަގުބޮޑު މެޝިނަރީޒް ސާފުކުރުމަށް ދޭ ހިދުމަތެއްކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.