Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އައްޑޫގައި އެމްޕީ އަސްލަމް ދިރިއުޅޭ ގޭގައި ރޯކޮށްލަން އުޅެފި

ދޮރަށް ތެޔޮ އަޅައިގެން ރޯކޮށްލުމަށް މަސައްކަތް ކޮށްފައި-- ފޮޓޯ: އައްޑޫލައިވް

އައްޑޫގައި މެމްބަރު މުހައްމަދު އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި ރޯކޮށްލުމަށް މަސައްކަތްކޮށްފިއެވެ.

މިކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިގެއަކީ ހިތަދޫ ޝަރަފުއްދީން ސްކޫލް ކައިރީގައި ހުންނަ ގެއެކެވެ. އަދި މިއީ މެމްބަރު އަސްލަމްގެ އަންހެނުންގެ ގެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ގޭގައި ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވަނީ ދޮރަށް ތެޔޮ އަޅައިގެންނެވެ. ރެޔަކީ އައްޑޫއަށް ވަރަށް ވިއްސާރަ ރެޔަކަށްވުމުން ރޯކޮށްލުމަށް މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވި ކަމަށް މަންޒަރުދުށް މީހަކު ބުނެފައިވެއެވެ.

މިފަހުން މަޖިލީހުގެ ތެރެއިންވެސް މެމްބަރު އަސްލަމްއަށް ފުރައްސާރައަކަށްވާ އަމަލެއް ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވެއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ. އަސްލަމް އަށް ފުރައްސާރައަކަށްވާ އަމަލެއް ކުރިކަމަށް ތުހުމަތު ކުރެވެނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.