އދ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައެވެ.
ޝާހިދު ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މަޖިލީހުގެ ނައިބު ރައީސް އީވާ އާ ބައްދަލުކުރެއްވިއިރު، މަޖިލީހުގެ ބައެއް މެމްބަރުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަަޑައިގެންފައިވެއެވެ.
ރައީސް ސޯޅިހްގެ ދައުވަތަކަށް ޝާހިދު ރާއްޖެ ވަޑައިގެން އުޅުއްވާއިރު މިއަދު ހެނދުނު ވަނީ ރައީސް ސޯލިހާއެކު މަޝްވަރާ ބައްދަލުވުން ބާއްވަވާ އޭގެފަހުން މީޑިއާއަށްވެސް މައުލޫމާތު ދެއްވާފައެވެ.