Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ނެރޭ "ޤައުމީ ލަވަ އަލްބަމް 1443" ނެރެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ސިފައިންގެ ލަވަ ކިޔުންތެރިން ލަވަކިޔާފައިވާ މި އަލްބަމްގައި މުޅިއެކު ހަ ލަވަ ހިމެނޭނެކަމަށެވެ. މިލަވަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ސިފައިންގެ ލަވަ، ޤައުމީ ޚިދުމަތުގައި އެފްއާރުއެސް (އެފްއާރުއެސް)، ކަނޑުމަތީގެ ޤާއިދުން (ކޯސްޓްގާޑް)، ރަތް ލަޝްކަރު (މެރިން ކޯރ) ލަޝްކަރުގެ މައިބަދަ (ސަރވިސް ކޯރ)، އަދި މަދަނަ ވެށްޓަކަށް (މެޑިކަލް ކޯރ) އެވެ.

މި އަލްބަމްގެ ޅެންތައް ހައްދަވާދެއްވައިފައި ވަނީ ލެފްޓިނަންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ވޮރަންޓް އޮފިސަރ3 އާސިމް ރަޝީދު، ސާޖަންޓް އުބައިދު ޢަބްދު ﷲ އަދި ޕްރައިވެޓް މުޙައްމަދު މާހިދު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަލްބަމްގެ ރާގާއި މިޔުޒިކް ހައްދަވާފައިވަނީ އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ އޯޑިއޯ އިންޖިނިއަރުން ކަމުގައިވާ ލެފްޓިނަންޓް ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ1 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ1 ޢަބަދުﷲ އިލްހާމް އިބްރާހީމް، ސްޓާފް ސާޖަންޓް އިބްރާހީމް އާޝިފް، ޕްރައިވެޓް މޫސާ ކަލީމް، ޕްރައިވެޓް އިސްމާޢީލް ޔަމާން އަދި ޕްރައިވެޓް މުޙައްމަދު މާހިދު ކަމަށާއި، މި އަލްބަމުގެ ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ވީޑިއޯގްރަފީ އެންޑް އޯޑިއޯ ވިޝުއަލްސް ޑިޕާޓްމަންޓްގެ އިތުރުން އަލްފާޟިލް އައްޝަރު ވަހީދާއި ވޮރަންޓް އޮފިސަރ2 އިބްރާހީމް އަހުމަދު ކަމަށް އެމްއެންޑީއެފުން މައުލުމާތުދެއެވެ.