Last Updated: April 28, 14:17
Sunday, April 28, 2024
ރިޕޯޓް

ކައުންސިލްގެ ފުރަތަމަ ދައުރުން ފިލާވަޅެއް

އައްޑޫ ސިޓީ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު. ފޮޓޯ: ޝަރަފް

އައްޑޫ ސިޓީ އަކަށްވެ، ސިޓީ ކައުންސިލް އެއް އުފެދުނީ 5 ފެބްރުއަރީ 2011 ގަ އެވެ. މި ކައުންސިލް އުފެދުމާއެކު ކައުންސިލް ހަރަކާތް ތެރި ވާނެ ގޮތުގެ އޮނިގަނޑެއް ރެޔާއި ދުވާލު ހޭލާތިބެގެން ކައުންސިލުން އެކުވާލި އެވެ.

މި އެކުލަވާލި ކައުންސިލްގެ އޮނިގަނޑު ހަމަޖެހިގެން ދިޔައީ ހިތަދޫ ރަށު އޮފީސް ޑިޕާރޓްމަނަޓް އޮފް ޓްރާންސްޕޯރޓް އެންޑް އިންފްރާސްޓަރަކްޗަރ، މަރަދޫ ރަށުއޮފީސް ޑިޕާރޓްމަންޓް އޮފް ސޯޝަލްސާރވިސް /ޖެނެރަލްސާރވިސް، މަރަދޫފޭދޫ ރަށުއޮފީސް ޑިޕާރޓްމަންޓް އޮފް ސޯޝަލްސާރވިސް/ ސޯޝަލްސާރވިސް، ފޭދޫ ރަށުއޮފީސް ޑިޕާރޓްމަންޓް އޮފް ބިޒިނަސް ޑިވެލޮޕްމަންޓް ޔޫތު އެންޑް ސްޕޯރޓްސް، ހުޅުދޫ ރަށުއޮފީސް ޑިޕާރޓްމަންޓް އޮފް އެންވައިރަމަންޓް/ޖެނެރަލްސާރވިސް، މީދޫ ރަށުއޮފީސް ޑިޕާރޓްމަންޓް އޮފް އެންވައިރަމަންޓް / އެންވައިރަމަންޓަލްސާރވިސް ގެ ގޮތުގަ އެވެ.

އަދި ކުރީގެ ރަށު އޮފީސް ތަކުގައި ތިބި ކަތީބުން ގެ މަގާމުގެ ނަންތައް، ބޮޑުކަތީބުން ޑެޕިއުޓީ ޑިރެކްޓަރުންނަށް، ކަތީބުން އެސިސްޓެންޓް ޑައިރެކްޓަރުންނަށް، ކުޑަކަތީބުން ވެސް އެސިސްޓެންޓް ޑައިރެކްޓަރުންނަށް ބަދަލުކޮށްގެންނެވެ.

ފާއިތުވެ ދިޔަ 3 އަހަރުގެތެރޭގައި ކައުންސިލުން އަލަށް އެކުވާލި މި އޮގަނޑު މި ފެނަށް ނުދިރެމުން އައިސް އެންމެފަހުން މުޅިން މަރުވީއެވެ. މަރުވި އޮނިގަނޑު ވަޅުލުމަށްފަހު އަނެއްކާވެސް އާވަތްތަރެއްގެ އޮނިގަނޑެއް އެކުލަވާލާ 1 ޖެނުއަރީ 2014 ގައިވަނީ ވުުޖޫދަށް ގެނަސްފައެވެ.

އަލަށް ވުޖޫދަށް ގެނައި އޮނިގަނޑު ހަމަޖެފައިވަނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި 5 ޑިވިޜަން އާއި ކޮންމެ ރަށެއްގައި އަވަށުއޮފީހެކެވެ.

ކައުސިލްގައި ހިމެނިގެންވާ ޑިވިޜަންތައް، 1 އޮފީސް އޮފް ދި މޭޔަރ އެންޑް ޕްލޭނިން ޑިވިޜަން، 2 ފައިނޭންސް އެންޑް ޕްރޮޕަރޓީ މެނޭޖްމަންޓް ޑިވިޜަން، 3 ކޯޕަރޭޓް މެނޭޖްމަންޓް ޑިވިޜަން، 4 އެކޮނޮމިކް ސޯޝަލް ޑިވެލޮޕްމަންޓް އެންޑް އެންވައިރަމަންޓް މެނޭޖްމަންޓް ޑިވިޜަން، 5 ލޭންޑް ހައުސިން ޓްރާންސްޕޯރޓް މެނޭޖްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިވިޜަން، 6 ހިތަދޫ އަވަށުއޮފީސް، 7 މަރަދޫ އަވަށުއޮފީސް، 8 މަރަދޫފޭދޫ އަވަށުއޮފީސް، 9 ފެދޫއަވަށުއޮފީސް، 10 މީދޫ އަވަށުއޮފީސް، 11 ހުޅުދޫ އަވަށުއޮފީސް ގެ ގޮތުގައެވެ.

މި ބަދަލު މި ގެނައީ ކައުންސިލުން ފުރަތަމަ ހެދި އޮގަނޑު ތައްޔާރުކުރި ކައުންސިލަރުންގެ ދައުރު ފެބްރުއަރީ 2014 އަށް ހަމަވާން ގާތްވެފައި ވަނިކޮށެވެ. ތެދުތެތަށް ދަންނަވަނީ ނަމަ ފެއިލްވެފައިވާ ކައުންސިލަކުން މި ހެދިއޮނިގަނޑު އަލަށް އަންނަ ކައުންސިލުން ބަލައިގެން މިކަން ކުރިޔަށް ގެންދާނެ ބާވައެވެ. ނޫނީ މި މި ކުރަ އަބަދާ އަބަދު މި ކައުންސިލަރުންނަށް ފެންނަގޮތަކަށް އަބުރާލަ އަބުރާލާާާ ތިބެން ދޫކޮށްލައިގެން ސަރުކާރުން ބަލަހައްޓައިގެން ތިބެންވީ ބާވައެވެ.

ތަންތަނަށް ކިޔާ ނަމާއި އެތަން ތަނުން ދޫކޮށްފައިވާ ލިޔުމަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަޒުހަރު ޔުނިވަރސިޓީގެ ނަން ދެދުވަހުން އެއްދުވަހު ބަދަލު ނުކުރަނީ މިސުރުގެ ސަރުކާރަށް އެކަން ކުރަން ނޭގިގެންބާވައެވެ. ބީބީސީގެ ނަން ދެދުވަހުން އެއްދުވަހު ބަދަލު ނުކުރަނީ އިގިރޭސި ސަރުކާރަށް އެކަން ކުރަން ނޭގިގެން ބާވައެވެ. އެހެނެއް ނޫނެވެ. އެކަން ކަމުގެ ހުރި ބޭނުން ތެރިކަމާއި ކަރާމާތްތެރި ކަމަށްޓަކައެވެ.

މީގެ 50 އަހަރު ކުރިން އަޒުހަރު ޔުނިވަރސިޓީ އިން ދީފައިވާ ޕީއެޗްޑީ ސަރޓިފިކޭޓެއް ގެއްލިގެން މި އަދު ހުށަހެޅިޔަސް އެ ސަރޓިފިކޭޓް އަލުން ހަދައި ދޭނީ ހަމަ އަޒުހަރު ޔުނިވަރސިޓީގެ ނަމުގައެވެ. ކޮބައިތޯއެވެ. ރާއްޖޭގެ ތަޢުލީމުގެ ހަޔާތުގައި އައްޑޫގެ އުދަރެހުން އަރައިގެން ދިޔަ އަލިގަނދަ ތަރިންތައް ވުޖޫދަށް ގެނައި ސަރދަން ސެކަންޑްރީ ސްކޫލް، އެ ސްކޫލުން ކިޔެވި ދަރިވަރެއްގެ އަތުގައި އޮތް އެސްކޫލްގެ ސަރޓިފިކޭޓްއެއް ބޭރު ގައުމަކުން ތައުލީމު ހާސިލުކުރުމަށް ކޮލެޖަކަށް، ޔުނިވަރސިޓީއަކަށް ހުށަހެޅުމުން އެ ދަރިވަރު ހުށަހެޅި ސަރދަން ސެކަންޑްރީ ސްކޫލް ގެ ސަރޓިފިކޭޓް ވެގެންދާނީ ވަގު ސަރޓިފިކޭޓަކަށް ނޫންބާވައެވެ.

ވަގު ސަރޓިފިކޭޓަކަށް ވަނީ އެތާކުން އެ ސަރޓިފިކޭޓާއި ބެހޭ މަޢުލޫމާތު ސަރުކާރުގެ ކަމާއި ބެހޭ ފަރާތަކުން ސާފުކުރާއިރު ސަރުކާރުން ވިސްނުމެއްނެތި، ކަމުގެ މުހިއްމު ކަމަށް ބަލާނުލާ އެތަންވަނީ މީގެ 20 އަހަރުކުރިން އުފާލާފައޭ ބުނުމުގެ ބަދަލުގައި ތިޔައީ ހުންނަ ސްކޫލެއް ނޫނޭ ބުނާބުނުމުންނެވެ. ވީއިރު ތަންތަނަށް ނަންކިޔާ އެކަންކަން ޤާނޫނަކުން ނޫނީ ނުކުރެވޭގޮތަށް އޮތުމަކީ މުޅި މުޖުތަމުގެ ހެވާއި ލާބައެއް ކަމާއި މެދަކު އެއްވެސް ޝައްކެތްނެތެވެ. ސަރުކާރުން މިފަދަ ކަންކަމާއި މެދު ވިސްނާވަޑާއިގެން ހަރުދަނާ އުސޫލެއްގެ މަތީން ސަރުކާރުގެ ތަންތަނަށް ނަންކިޔާ އެތަންތަން ހިމާޔަތްކޮށް ދެއްވުމަކީ ރައްޔިތުންނަށް ބޭނުންވެފައި އަސާސީ ހައްގެއް ނޫންބާވައެވެ.