Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރާއްޖޭން ބަންގްލަދޭޝާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާކުރަނީ

މީހަކު ވެކްސިން ޖަހަނީ - ފޮޓޯ: އަވަސް

ދިވެހިރާއްޖެއިން ބަންގްލަދޭޝާއި ނޭޕާލަށް ކޮވިޑް-19 އިން ދިފާއުވުމަށްޖަހާ ވެކްސިން ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

އެގޮތުން ރާއްޖެއިން ބަންގްލަދޭޝަށް ވަނީ 200،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާ ކޮށްފައެވެ. އަދި ނޭޕާލަށްވެސް 200،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް އޮފީހުން މައުލޫމާތުދީފައިވާ ގޮތުގައި ބަންގްލަދޭޝާއި ނޭޕާލަށް ވެކްސިން ހަދިޔާކުރުމަށް ނިންމީ ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް ވުރެއް އިތުރަށް ވެކްސިން ލިބުމުންނވެެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 392،773 އަށްވުރެ ވަނީ އަރާފައެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަަދަދު 343،149 އަށް އަރާފައެވެ.