Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރާއްޖެއައި ފަތުރުވެރިންގެ އަދަދު 890،000 އިން މަތީގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 890،000 އިން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބަށް ބަލާލާއިރު، މިއަހަރުގެ މިހާތަނަށް 890,363 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވެއެވެ. އޮކްޓޯބަރު މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް 19،501 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ މަހު ދުވާލެއްގެ މައްޗަށް 4،632 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން މިހާތަނަށް 204،530 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ރަޝިޔާއިން ރާއްޖެއަށް 174،095 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.