Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ އަަދަދު 234 އަށް

ކޮވިޑުގައި މަރުވި މީހެއް ވަޅުލުމުގެ މަސައްކަތުގައި، ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 ގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

މަރުވެފައިވަނީ 72 އަހަރުގެ އަންހެނެއްކަމަށްވެސް މައުލޫމާތު ލިބެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 234 އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85،394 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1339 ކޭސް އެވެ. މި ބަލިން 83،809 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 15 މީހަކަށެވެ.