Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޓިކެޓުގެ މައްސަލަ ބޮޑުވެ އާންމުން ރުޅިގަދަ ވެއްޖެ

ފޮޓޯ: މުހައްމަދު ޝާބިން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓުގެ މައްސަލައިގައި އާންމުން ހިތްހަމަ ނުޖެހި އިހުތިޖާޖް ކުރަން ފަށައިފިއެވެ.

ހިތްހަމަ ނުޖެހުން އުފެދިފައިވަނީ މާދަމާ ކުޅޭ މެޗްގެ ޓިކެޓް ވިއްކަން ފެށިތާ ދެގަޑިއިރެއް ހާއިރު ޓިކެޓް ހުސްވި ކަމަށްބުނުމުންނެވެ.

ދަނޑުސަރަހައްދުގައި ތިބި ބައެއް އާންމުން ހިތްހަމަ ނުޖެހި ދަނޑަށް ވަދެފައިވާއިރު އަނެއް ބަޔަކު އަންނަނީ މަގުމަތީގައިވެސް އެއްވެ ތިބެ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި ބައްސާމުގެ އިސްތިއުފާއަށްވެސް ބައެއް މީހުން ގޮވާލާފައިވެއެވެ.

ޓިކެޓުގެ ކަންކަމުގައި އެފްއޭއެމްއިން އެންމެފަހުން އާންމު ކުރި އުސޫލުގައިވާގޮތުން ޓިކެޓު ގަތުމަށްދާ ކޮންމެ މީހަކަށްވެސް ދޫކުރަނީ ގިނަވެގެން 5 ޓިކެޓެ ކަމަށެވެ.