ރ. އިނގުރައިދޫއިން މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އިނގުރައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ އެރަށު ސަނީސައިޑް، ޢަލީ ގާސިމްއެވެ.
އޭނާ މިމަހުގެ ނުވަ ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަދައި ދިޔަގޮތަށް އައިސްފައިނުވާކަމަށް އިނގުރައިދޫ ކައުންސިލުން ބުނެފައިވެއެވެ.
އެހެންކަމުން އޭނާގެ ނުވަތަ އެނާ މަހަށް ނިކުތް ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ބޭފުޅަކު ހުރިނަމަ އެމައުލޫމާތު ހިއްސާ ކޮށްދިނުމަށްވެސް އެދިފައިވެއެވެ.