Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މެޗު ބައްލަވަން ލަންކާގެ ސްޕޯޓްސް މިނިސްޓަރު ރާއްޖެއަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ދިވެރާއްޖެއާ ސްރީލަންކާ ބައްދަލުކުރާ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނާމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ.

ލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ. އަދި ބަންގްލަދޭޝް މެޗުން މޮޅުވެފައިވާއިރު ލަންކާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 04:00 ގައެވެ.

ލަންކާ ޓީމުން ތިން މެޗު ކުޅުނުއިރު، ދެ މެޗުން ބަލިވެ، އެންމެ ފަހުން އިންޑިޔާއާ ބައްދަލުކުރި މެޗުން ވަނީ އެއްވަރު ކޮށްފައެވެ.