Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އިނގުރައިދޫން ގެއްލުނު މީހާ ފެނިއްޖެ

ރ.އިނގުރައިދޫ

ރ. އިނގުރައިދޫން ގެއްލިގެން އުޅުނު މީހާ ފެނިއްޖެއެވެ.

އެރަށު ކައުންސިލާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ އެރަށު ސަނީސައިޑް، ޢަލީ ގާސިމް މިއަދު ހެނދުނު 11:00 ޖަހާ އެހާކަންހާއިރު ދޯންޏާއެކު ފަޅު ތެރެގައި ހުއްޓާ ފެނިފައިވާކަމަށެވެ.

އޭނާ މިމަހުގެ ނުވަ ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަދައި ދިޔަގޮތަށް އައިސްފައިނުވާކަމަށް ބުނެ އޭނާ ހޯދުމަށް އެރަށު ކައުންސިލުން އިއުލާނު ކުރިއެވެ.