Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ގޭންގްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ ޕްރޮގްރާމްތަކެއް ތައްޔާރުކުރަނީ

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ގޭންގްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ ޕްރޮގްރާމްތަކެއް ތައްޔަރުކުރަމުން އަންނަކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވަނީ ކުށްމަދު ކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ ޒަމާނުއްސުރެއް ޒުވާނުންގެ ތެރޭގައި އުފެދިފައިވާ ތަފާތު ގޭންގްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ ޕްރޮގްރާމްތަކެއް ތައްޔާރު ކުރަމުން އަންނަކަމަށެވެ. އަދި އުންމީދު ކުރަނީ އެކަން މިއަހަރު ތެރޭގައި ފަށައިގަނެގެން ކުރިއަށްދެވޭނަކަމަށް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވިދާޅުވި ކުށްމަދު ކުރުމަށް ހިންގަންޖެހޭ އެންމެ މުހިންމު ކަމަކީ ޕްރިވެންޝަން ޕްރޮގްރާމްތައް ކަމަށް ވުމުން އެފަދަ ޕްރޮގްރާމްތަކެއް ޑިވަލޮޕް ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށްދާކަމަށެވެ. އަދި ކުށަަށް އަރައިގަތުމުގެ ފުުރުސަތު އޮތް ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އަމާޒުކޮށް ކަންތައްތަކެއްވެސް ކުރަމުން އަންނަކަމަށެވެ.