Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ކެޕްޓަން އިހުސާންގެ ރައްދު

ދައުރު ފޮޓޯ: އަބްދުﷲ އަނޫފް

ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެވަޑައިގަތުމުން އެމަނިކުފާނަށް ދެމުން އަންނަ ސެކިއުރިޓީއާ ގުޅޭގޮތުން ސޯޝަލްމީޑިއާގައާއި އެކި ގޮތްގޮތުން ދައްކަމުން އަންނަ ވާހަކަތަކަށް އެމްއެންޑީއެފްގެ ކުުރީގެ ކެޕްޓަން އަލީ އިހުސާން ރައްދު ދެއްވައިފިއެވެ.

މޭ 6 ގައި ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު އިއްޔަ ހަވީރު އެމަނިކުފާނުގެ ކާރުކޮޅު ވަށައިގެން ސެކިއުރިޓީ ބޭފުޅުން ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެކަމަކީ ނޯތްކޮރެއާގެ ލީޑަރަށްވެސް ސެކިއުރިޓީ ދިނުމަށް ކުރާ ކަމެއްކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔާފައިވެއެވެ.

އެފާޑުކިޔުންތަކާ ގުޅިގެން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާނު ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުގެ ވެރިންގެ ސަލާމަތީ ކަންކަން ސިޔާސީ ބަހުސަކަށްހަދައި ޖޯކު ޖެހުން ހުއްޓާލަންޖެހޭކަމަށް ވިދާޅުވެފައެވެ.

އިހުސާން ވިދާޅުވި ސެކިއުރިޓީ ދިނުމަށް ކާރުގެ ފަހަތުން ފައިމަގުގައި ދާންޖެހޭ ހާލަތުގައި އެކަން ކުރާނެކަމަށާއި، އެއީ ވަކި މީހެއް ވަކި ގައުމެއް ވެގެން ކުރާކަމެއް ނޫންކަމަށެވެ. އަދި އެއީ މާހައުލަށާއި ތްރެޓް ލެވެލްއަށްބަލާ ގެންގުޅޭ ސަލާމަތީ ޕްރޮޓޮކޯލެއްކަމަށްވެސް އިހުސާން ވިދާޅުވިއެވެ.