Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

އެޗްއާރްސީއެމްގެ ރައީސް އަކަށް މުނާ، ނައިބަކަށް އަދުހަމްގެ ނަން މަޖިލިހަށް ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މަރިޔަމް މުނާ އަދި ނައިބު ރައީސަކަށް އަހުމަދު އަދުހަމް އަބްދުﷲ އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވައިފިއެވެ.

އެޗްއާރްސީއެމްގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރެވޭނީ އެކަމަށް މަޖިލީހުން ރުހުން ދިނުމުންނެވެ.

އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަން ކުރުމަށް ފޮނުވުނު މުނާ އެކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ކޮމިޝަންގެ ނާއިބް ރައީސްކަމަށް އައްޔަން ކުރުމަށް ފޮނުވުނު ޑރ.އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.