Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

މީދޫ ބަހާއުއްދީން މަގު ސާފުކުރުމަށް ހަރަކާތެއް

މީދޫ ބަހާއުއްދީން މަގު ސާފުކުރުމަށް ކުރިއަށް ގެންދެވުނު ހަރަކާތުގެ ތެރެއިން: ފޮޓޯ - މީދޫ އަވަށު އޮފީސް

އައްޑޫ ސިޓީ މީދޫ ބަހާއުއްދީން މަގު ސާފުކުރުމުގެ ހަރަކާތެއް މީދޫ އަވަށު އޮފީހުން ކުރިއަށް ގެންގޮސްފިއެވެ.

މީދޫ އަވަށު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތުގައި އަވަށުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަަވަށު އޮފީހާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި ބައިވެރިވި އެ އަވަށުގެ އާންމު ފަރާތަކުން "އައްޑޫލައިވް" އަށް ބުނީ މިފަދަ ހަރަކާތްތަކަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށާއި، ސާފުކުރުން ފަދަ އެއްބައިވަންތަކަން ދައްކުވައިދޭ ހަރަކާތްތައް އަވަށު އޮފީހުން ކުރިއަށް ގެންދާތީ އުފާކުރާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ރަށުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުގައި ރަނގަޅު ގުޅުމެއް ގާއިމުކޮށް، އެންމެން އެކުގައި އަވަށް ކުރިއެރުވުމަށްޓަކައި ކުރެވޭ ބޮޑު މަސައްކަތަކަށް މިފަދަ ހަރަކާތްތައް ވެގެންދާނެ ކަމަށެވެ.

މީދޫ އަވަށު އޮފީހުން ސާފުކުރުމުގެ އެކިއެކި ހަރަކާތްތައް މީދޫގައި ކުރިއަށް ގެންދާއިރު، އަވަށުގެ އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އޮފީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.