Last Updated: April 20, 10:15
Saturday, April 20, 2024
ޚަބަރު

ކުޅުދުއްފުށި މެޖިސްޓްރޭޓް ޝާހިދު ޖިނާއީ މައްސަލަތައް ނުބަލާތީ 14 ދުވަހަށް ސަސްޕެންޑް

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ސަން

ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ މެޖިސްޓްރޭޓް ޝާހިދުއާ ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަޙުޤީޤަށް ލިބުނު މައުލޫމާތުގެ އަލީގައި މެޖިސްޓްރޭޓް ޝާހިދު، ކްރިމިނަލް މައްސަލަތައް ކުރިޔަށް ގެންގޮސްފައި ނުވާކަމުގައި ކުރެވިފައިވާ ތުހުމަތަށް އެފަރާތުން އިއުތިރާފް ވެފައިވާކަމަށެވެ. އަދި ހަވާލު ކުރެވޭ ކްރިމިނަލް މައްސަލަތައް ބަލަމުން ނުދާކަމުގައި ތަހުޤީޤަށް ހޯދުނު އެހެނިހެން ހޯދުންތަކުންވެސް ސާބިތުވެފައިވާކަމަށެވެ.

އެހެންކަމުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރުމަށް ނިންމާފައިވާކަމަށެވެ.