Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މިސްކިތަށް ކުޑަކަމުދިޔަ މީހާގެ ބަންދު އިތުރުކޮށް ނަފްސާނީ މައްސަލައެއް ހުރޭތޯ ބަލަނީ

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް--

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމު ދިޔަ މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމުގެ ކަންކަން ކުރަމުން އަންނަކަން ހާމަކޮށްފިއެވެ.

އެކަން ފުލުހުން ހާމަކޮށްފައިވަނީ އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ. ދެ މިސްކިތަކަށާއި، ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ.

އޭނާގެ ބަންދަށް އިއްޔަ ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.

އެގޮތުން ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން ޝަރުތުތަކަކާ އެކުވެސް އޭނާ ބަންދުން ދޫކޮށްލުމަށް ދެކޮޅު ހަދާފައިވެއެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށާއި އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.