ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމީ ފުޓްބޯޅަ ޓީމަށް މިރޭ ހިތްވަރު ދެއްވައިފިއެވެ.
މިވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ސިފައިންގެ ސެކިއުރިޓީ ބަހުގައި ކުޅުންތެރިން ފަރިތަކުރުންތަކަށް ދިޔަ މަގުމަތީގައެވެ.
އެގޮތުން ޔާމީން ވަނީ ގައުމީ ޖޯޒީގައި ހުންނަވައި ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލައްވާ ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާ ހިތްވަރު ދެއްވާފައެވެ. އަދި ކުޅުންތެރިން ވެސް ޔާމީނަށް އަތުގެ އިޝާރާތް ސަލާމް ކުރައްވާފައިވެއެވެ.
ރައީސް ޔާމީނަކީ އަބަދުވެސް ޤައުމު ދެކެ ލޯބިވާ ލީޑަރެއް.ރައީސް ޔާމީން އިސްކުރައްވާނީ އެންމެ ފުރަތަމަ ޤައުމު.ރައީސް ޔާމިނަކީ ޤައުމީ ޓީމަށް އަބަދުވެސް ހިތްވަރު ދެއްވާ ފުޓުބޯޅަ އަށް ލޯބިކުރައްވާ ލީޑަރެއް.ނުހައްޤު އަނިޔާ ތަހައްމަލް ކުރައްވަމުންވެސް ޓީމަށްދެއްވި ހިތްވަރަށް ޝުކުރިއްޔާ. pic.twitter.com/ZzBy2YaAwH
— Ibrahim Shujau (@IbrahimShujaau) October 12, 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އިން މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ނިކުންނާނެ އެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ.
މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ.
މާދަމާގެ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.