Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ސެކިއުރިޓީ ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާގެ ކޮންސަލްޓެންޓެއް

ދައުރު ފޮޓޯ: އަބްދުﷲ އަނޫފް

ރާއްޖޭގައި ވީއައިީޕީ ފެންވަރުގައި ސެކިއުޓީ ދޭން ޖެހޭ ބޭފުޅުނަށް ދެމުންދާ ސެކިއުރިޓީ ހިދުމަތް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެމެރިކާގެ ވީ.އައި.ޕީ ސެކިއުރިޓީ ކޮންސަލްޓަންޓެއް ރާއްޖެ ވަޑައިގެންފި އެވެ.

އެމެރިކާގެ ވީ.އައި.ޕީ ސެކިއުރިޓީ ކޮންސަލްޓަންޓް ޝީމަސް މިއުލަރ ރާއްޖެ ވަޑައިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާ މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ.

ރާއްޖޭގައި ދައުލަތުގެ އިސްވެރިންނާއި ބޭރުގެ އިއްޒަތްތެރިންނަށް ވީއައިޕީ ސެކިއުރިޓީ ދެމުންދަނީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިންނެވެ.

ރާއްޖޭގައި ދައުލަތުގެ އިސްވެރިންނަށް ނުރައްކާތެރި ހަމަލާތަކެއް އައިސްދާނެ ކަމުގެ އިންޒާރުތައް ފަހަކަށް އައިސް ލިބެމުންދެ އެވެ. އަދި މިދިޔަ މެއި މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖޭގެ ސެކިއުރިޓީއާމެދު ބައެއް މީހުން ސުވާލު އުފައްދާވަރު ވަނީ އިތުރުވެފަ އެވެ.