Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫ އިން ކޮވިޑް ޖެހުނު 26 މީހަކު ރަނގަޅުވެއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 26 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ރޭ 6 އާއި ހަމައަށް އިތުރު 26 މީހުން ރަނގަޅު ވެފައިވާ ކަމަށާއި އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު 1461 އަށް އަރާފައިވާ ކަމަށެވެ.

އައްޑޫގައި މިވަގުތު ކޮވިޑްގެ 216 އެކްޓިވް ކޭސް އުޅޭއިރު ކޮވިޑް ފެސިލިޓީގައި އަންނަނީ ދެ މީހަށް ފަރުވާ ދެމުންނެވެ. މި ބަލީގައި އައްޑޫ އިން ވަނީ ހަތަރު މީހަކު ނިޔާވެފައެވެ.

ކޮވިޑާއި ގުޅިގެން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަނީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ވެސް ހިންގަމުންނެވެ.