Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ މިހަަރު އީލޯން މަސްކް

ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާ

ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާގެ ލަގަބު ވިޔަފާރިވެރިޔާ އީލޯން މަސްކް ހޯދައިފިއެވެ.

ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި އިލޯން މަސްކުގެ މާލިއްޔަތުގައި މިވަގުތު 202.1 ބިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، 2 ވަނައަށް އެންމެ މުއްސަނދި މީހާގެ މާލިއްޔަތުގައި 191.7 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު އީލޯން ވަނީ ހޯދާފައެވެ.

އީލޯން މަސްކްއަކީ ޓެސްލާ ބްރޭންޑުގެ ކަރަންޓުން ދުވާ ކާރު އުފައްދާ ކުންފުނީގެ ވެރިޔާއެވެ. އަދި އޭނައަކީ ޖައްވީ ކުންފުނި ސްޕޭސް އެކްސްގެ ވެރިޔާވެސް މެއެވެ. އޭނާ ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ޖެފް ބޭޒޯސްއާ ސަމާސާ ކުރުމުގެ ގޮތުން ޓްވިޓަރގައި ރިހި މެޑައްޔެއްގެ އިމޯޖީ ރީޓްވީޓް ކޮށްފައެެވެ.

ފާއިތުވި 2020 ވަނަ އަހަރު އީލޯންއަށް އާމްދަނީގެ ގޮތުން އެންމެ ލާރިއެއްވެސް ލިބިފައިނުވާއިރު، އީލޯންގެ މާލިއްޔަތު ބިނާވެފައިވަނީ އޭނާ އިންވެސްޓް ކޮށްފައިވާ ސްޓޮކްތަކަށެވެ. ގިނަ ބަޔަކު ދެކޭގޮތުގައި އީލޯން މުސާރަ ނުނަންގަވަނީ އާމްދަނީން ނަގާ ޓެކެސް ނުދެއްކެވުމަށެވެ.