Last Updated: April 25, 17:34
Thursday, April 25, 2024
ޚަބަރު

ޓެލެގްރާމުގައި ބަރަހަނާ ފޮޓޯތަކެއް ލީކުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޓެލެގްރާމްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުކުރި މއ. އިސްޕަންޖުގެ މަސާއިދު ބިން ސަމީއު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މަސާއިދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މިއަދު އެވެ.

އެކި ދުވަސް މަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައި މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް 11 ދައުވާއެއް ވަނީ އުފުލާފައެވެ

މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

– އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ

– އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ

– އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ

– އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ

– އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ

– އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ

– އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ

މީނާގެ ބަންދު މަޖިލީހުގައި މީގެ ކުރިން ފުލުހުން ބުނެފައިވަނީ މީނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާރޑްޑްރައިވް ތަހުލީލުކުރުމުން 1 މިލިއަނަށްވުރެއް ގިނަ ފޮޓޯއާއި ފާސަނަލް ފައިލްސް ފެނިފައިވާކަމަށާއި, މީނާގެ އޮފީހުގެ ވަތްގަނޑުގެ ތެރެއިން އިތުރު 2 ހާރޑްޑްރައިވް އަދި މީނާގެ ގެއިން 7 ހާރޑްޑްރައިވް ފެނިފައިވާކަމަށެވެ.