Last Updated: April 18, 13:26
Thursday, April 18, 2024
ޚަބަރު

އައްޑޫއާ ތިނަދޫއިން ކޮވިޑްގައި މީހަކު މަރުވެއްޖެ

އައްޑޫސިޓީއާއި ގދ. ތިނަދޫއިން ކޮވިޑް-19 ގައި މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފައިވަނީ، ރޭ 09:20 ހާއިރު ޑރ. އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ 81 އަހަރުގެ އަންހެނަކު މަރުވެފައިވާކަމަށެވެ. އަދި މިއީ ކޮވިޑް-19 ގައި މަރުވި މީހެއްކަމަށެވެ. މިއާއެކު ތިނަދޫ އިން ކޮވީިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ ރޭ ދަންވަރު 01:31 ހާއިރު އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 87 އަހަރުގެ ފިރިހެނަކު މަރުވެފައިވާކަމަށެވެ. މިއީ އައްޑޫ އިން މިބަލީގައި މަރުވި 5 ވަނަ މީހާއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު ވަނީ 237 އަށް އަރާފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 85،732 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1192 ކަމަށްވާއިރު އޭގެތެރެއިން 13 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 84،292 މީހުން ރަނގަޅުވެފައިވެއެވެ.