Last Updated: April 20, 10:49
Saturday, April 20, 2024
ޚަބަރު

ކޮވިޑް-19 އާ ގުޅޭ މަސައްކަތަށް ވޮލަންޓިއަރުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

އައްޑޫސިޓީގެ ކޮވިޑް-19 އާ ގުޅޭ މަސައްކަތަށް ވޮލަންޓިއަރުން ހޯދަން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އޭ.އީ.އެޗުން ގެޒެޓުގައި އިއުލާންކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ ފްރޮންޓްލައިންގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސީވީ އާއި އެކު އެކަމަށް އެދި އެ ހޮސްޕިޓަލަށް ސިޓީ ހުށައަޅަން އޭ.އީ.އެޗުން ވަނީ އެދިފައެވެ. އަދި މިކަމަށް އެދޭ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ހުށައެޅުއްވުމަށްވެސް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން info@aeh.gov.mv އަށް ލިޔެކިޔުންތައް ހުށައެޅޭނެކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތައް 6885046 ނަމްބަރ ފޯނަށް ގުޅުއްވައިގެން އެކަން ކުރެވޭނެކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް މި މަސައްކަތަށް ވޮލިންޓިއަރުން ހޯދަން އޭ.އީ.އެޗުން އިއުލާންކުރިއެވެ. އައްޑޫގެ ކޮވިޑުގެ ހާލަތު ރަނގަޅުނުވެ މޮނިޓަރިންގައި އެތައް ދުވަހެއް ވެފައިވާއިރު، އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހިތަދޫ އާއި ފޭދޫ އަވަށުންނެވެ.