Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

ވައިގަދަވާނެތީ މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި

ފޮޓޯ: ނިޝާން އަލީ/މިހާރު

ވައިގަދަވެ ކަނޑުގަދަވާނެތީ މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން ހަވީރު 04:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖެ ސަރަހައްދުގައި ވައިދަގަވެ ކަނޑުގަދަ ވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ރޭ ދަންވަރުން ފެށިގެން ވެސް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.