ރާއްޖެއައި ފަތުރުވެރިންގެ އަދަދު 920،000 އިން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 923،146 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.
މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 211،062 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝިޔާއިން 177،321 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
މީގެއިތުރުންވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލްތަކުގެ ތެރޭގައި ޖަރމަނީ، އެމެރިކާ، ސައުދިއަރަބިއްޔާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާތް އަދި ފްރާންސް ހިމެނެއެވެ.