އދ. ދަނގެތީގައި މަރާލާފައި އޮށްވައި ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެރަށުން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަހުމޫދް މަރާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބިދޭސީ މަސައްކަތު މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
Earlier today, we have apprehended a male migrant worker under an arrest warrant on suspicion of murder in Adh Dhangethi.
We will keep the public informed of new developments as the investigation continues.
— Maldives Police (@PoliceMv) October 16, 2021
ފުލުހުން މިއަދު އަންނަނީ، މަހުމޫދްގެ މަރާގުޅިގެން ދަނގެތީގެ ގެއެއްވެސް ބަލާ ފާސްކުރަމުންނެވެ. އެގޮތުން ބަލާ ފާސްކުރަމުން އަންނަނީ އުމުރުން ދުވަސްވީ މީހަކާއި އޭނާ ބަލަހައްޓަން އުޅޭ ބިދޭސީއަކު ދިރިއުޅޭ ގެއެކެވެ.
މަހުމޫދުގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޯށް ފަޅުގެއެއްގެ ވަޅުތެރެއިން ގޯންޏަކަށްލާ އައްސާފައި އޮށްވައެވެ.
ދަނގެތިން "އައްޑޫލައިވް" އާއި ވާހަކަދެއްކި މީހަކު މީގެކުރިން ބުނީ، މަހުމޫދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އެގޮތުން ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ. މަހުމޫދުގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔަ ހަވީރުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ދަނގެތީގައި ހަރަކާތްތެރިވަމުން އަންނައިރު އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މިމައްސަލައިގައި އެ ރަށުގެ ރައްޔިތުން ތުހުމަތުކުރާ ބަޔަކު ފުލުހުންނާ ހަވާލުކޮށްފައިވާއިރު އެހެން މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ވަނީ އެމީހުން ބަންދުކޮށްފައެވެ.