Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ދީމާ ކޮލިފައިވެއްޖެ

ދީމާ އަލީ - އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް، ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކޮލިފައިވެއްޖެ އެވެ.

ދީމާ އަކީ މި މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އެވެ.

ދީމާގެ މި ކާމިޔާބީއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަކޮށް ދީމާ އަށް މަރުހަބާ ކިޔާފައެވެ. އަދި ރާއްޖެ ފަހަރުވެރިވާ ފަދަ ކާމިޔާބީއެއް ދީމާ ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު މަހު 2 އިން 8 އަށް ޕޯޗުގަލްގަ އެވެ.

އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަނުން އާންމުކުރި ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ރޭންކިންގައި ދީމާ މިހާރު އޮތީ 20 ވަނައިގަ އެވެ.

ދީމާ ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީޣެ އަންހެނުންގެ ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދާފައެވެ.