އދ. ދަނގެތީގައި މަރާލާފައި އޮށްވައި ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ރޭ ދަނގެތީ މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފައެވެ.
ފުލުހުން އިއްޔަވަނީ މަހުމޫދްގެ މަރާ ގުޅިގެން ބިދޭސީ މީހާ އުޅެމުންދިޔަގެ ބަލާ ފާސްކޮށްފައެވެ. އެ ގެޔަކީ އެ ބިދޭސީމީހާއާއި އޭނާ ބަލަހައްޓަމުން އައި އުމުރުން ދުވަސްވީ މީހާ ދިރިއުޅެމުން އައިގެއެވެ.
ބިދޭސީ މީހާ ހައްޔަރު ކޮށްފައިވާއިރު، އޭނާ އުޅޭ ގެއެއިން މަހުމޫދް ގެއްލުނު ކަމަށްބުނާ ރޭ އަޑެއް އިވުނު ކަމަށްވެސް ވާހަކަ ދެކެވެއެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ދަނގެތީގެ ރައްޔިތުން އެންމެ ފުރަތަމަ ފުރަތަމަ ތުހުމަތުކުރި މީހުން މިހާރު ތިބީ އެހެން މައްސަލައެއްގައި ހައްޔަރުކޮށް އެއަތޮޅު މަހިބަދޫގައެވެ.