Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ސްކޫލެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ ޓީޗަރު ސަސްޕެންޑްކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް މީގެކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: ސަން

މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށްބުނާ ޓީޗަރު ސަސްޕެންޑް ކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސައެއް ސުލޫކަށް ހުށަހެޅި ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބުމާގުޅިގެން އެކަން ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ.

މިކަމުގައި މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށާއި، އެގޮތުން މައްސަލަ ބަލައި ނިމެންދެން މިމައްސަލަ ރައްދުވާ ފަރާތް ހުންނާނީ ސަސްޕެންޑް ކުރެވިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ޝިކާއަރައަކަށް ވެފައިވަނީ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. މިމައްސަލައާ ގުލިގެން ފުލުހުންވެސް ވަނީ މިކަން ބަލަމުން އަންނަކަން ހާމަކޮށްފައެވެ.