ރެހެންދި ފްލެޓް ކައިރީ ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަހައްދުގައި ސިފައިން އަދި ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ މިއަދު 11:51 ހާއިރު ކަމަށެވެ. އަދި އެ ސަރަަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އަމީނީމަގު ސީގަލް ފިހާރަ އިންވެގެން ހުރި އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން. ހާދިސާގެ ރިޕޯރޓް އެފްއާރްއެސް އަށް ލިބިފައިވަނީ މިއަދު 11:51 ހާއިރު. pic.twitter.com/plRR1fs6An
— Maldives National Defence Force (@MNDF_Official) October 17, 2021