Last Updated: April 19, 11:00
Friday, April 19, 2024
ޚަބަރު

ކޮންގޯއިން އެބޯލާގެ އިތުރު 3 ކޭސް ފެނިއްޖެ

ފޮޓޯ: ރޮއިޓާސް - ޒޮހޮރާ ބެންސެމްރާ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ ސަރަހައްދަކުން އެބޯލާގެ އިތުރު 3 ކޭސް ފެނިއްޖެއެވެ.

ޑަބްލިއު.އެޗް.އޯއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 10 ދުވަސްތެރޭގައި ކޮންގޯއިން މި ބައްޔަށް ފައްސިވި 5 މީހުން ވަނީ ފެނިފައެވެ.

ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި މި ކޭސްތައް ފެނިފައިވަނީ 2018-2020ގެ އައުޓްބްރޭކާއި ގުޅިގެން ކަމަށެވެ. އޭރު މި ބަލީގައި 2200 މީހުން މަރުވެފައިވާއިރު، 1100 މީހުންނަށް ބަލީގައި ބޮޑުވަރު ވިއެވެ.

އެބޯލާއަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި މޖެހިއްޖެނަމަ، ބަލީގައި މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ބައްޔަށް މިހާރު 2 ވެކްސިނެއް އީޖާދުކޮށްފައިވާއިރު، ބަލީގެ ކޮންޓެކްޓުންނަށް ވެކްސިން އަންނަނީ ދެމުންނެވެ.