ރެހެންދި ފްލެޓް ކައިރީ ހުރި އިމާރާތުގައި ރޯވި އަލިފާންގަނޑު ނިންވާލައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ތުނޑި ގޭގެ ހަތަރު ވަނަ ފަންގިފިލާގައެވެ. އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 11:51 ހާއިރު ކަމަށް މައުލޫމާތުދެއެވެ.
އަދި އިލިފާންގަނޑު ނިއްވާލެވިފައިވަނީ 12:16 ހާއިރު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އަމީނީ މަގުގައި ހުންނަ "ސީގަލް"ގެ މުވައްޒަފުން ދިިރިއުޅޭ ފަންގިފިލާގައެވެ.