Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

މަސްބާނަން ހުރި މީހަކު ވަޔާ އެކު މޫދަށް ވެއްޓި މަރުވެއްޖެ

ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭ އިއްޒުއްދީން ފާލަމާ ދިމާލުން ބޭރުތޮށީގައި މަސްބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި، ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ބޭރުތޮށީގައި މަސްބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓިގެން އެކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 06:05 ހާއިރު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށާއި، އެނާ ނިޔާވެފައިވަނީ 07:20 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސް ބޮޑުބަޔަކަށް ފަތިހުން ފެށިގެން ވަނީ ވައިޓް އެލާޓް ނެރެފައެވެ.