Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ތިނަދޫއިން 3 މަހުގެ ކުއްޖަކު ކޮވިޑްގައި ނިޔާވެއްޖެ

ގދ. ތިނަދޫ، ފޮޓޯ: ތިނަދޫ ޕޭޖް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ކުޑަ ކުއްޖަކު ގދ. ތިނަދޫގައި ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން ތިން މަހުގެ ފިރިހެން ކުއްޖެކެވެ.

މިއާއެކު ތިނަދޫގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ.

ތިނަދޫގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 22 މީހަކު ތިބިއިރު، މިހާތަނަށް ޖުމުލަ 1026 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އެ ރަށުން ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 999 އެވެ.