Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

މާލެ އުސްފަސްގަނޑާ ދިމާލުން އޮޔާދިޔަ މީހަކު ސަލާމަތްކޮށްފި

އޮޔާ ދަނިކޮށް ސަލާމަތް ކުރި މީހާ-- ފޮޓޯ: އެމްއެންޑީއެފް

މާލެ އުސްފަސްގަނޑާ ދިމާލުން އޮޔާދިޔަ މީހަކު ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިއަދު އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާގޮސްފައިވާކަމަށެވެ. މި މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށާއި، މިހާރު އެ މީހާ ޕޮލިސް ހެޑްކްއޯޓަރޒްއާ ހަވާލުކޮށްފައިވާކަމަށެވެ. އޮޔާ ދަނިކޮށް ސަލާމަތްކޮށްފައިވަނީ ދިވެއްސެއްކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިއަދު ހެނދުނު ވަނި އިއްޒުއްދީން ފާލަމާ ދިމާލުން ބޭރުތޮށީގައި މަސްބާނަން ހުރި މީހަކުވެސް މުދަށް ވެއްޓި މަރުވެފައެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެމްއެންޑީއެފުުން ވަނީ އިލްތިމާސްކޮށްފައެވެ.