Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ރިސޯޓަކުން މަރުވެފައިއޮތް ފަތުރުވެރިއަކު ފެނިއްޖެ

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އެ ރިސޯޓުގެ ބީޗު ސަރަހައްދުގައި ފަތުރުވެރިއަކު މަރުވެފައި އޮށްވާ ފެނިގެން އިއްޔަ މެންދުރު 01:00 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މަރުވެފައިވަނީ 35 އަހަރުގެ ކޮރެއާ ފިރިހެނެއްކަމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.