ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ހުޅުމާލެއިން ފުރައިގެން ބ. އަތޮލަށް ދަތުރުކޮށްފައި ދިޔަ ދޯންޏަކުން ކާށިދޫއާ 6 ނޯޓިކަލް މޭލު ބޭރުން މީހަކު މޫދަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައިވާކަމަށެވެ.
އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި އަޅިކުލައިގެ ޓްރެކްޝޫޓެއް ކަމަށް އެމްއެންޑީއެފުން މައުލުމާތުދެއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެކަމުގެ ރިޕޯޓް ލިބިފައިވަނީ 11:00 ހާއިރު ކަމަށާއި، ގެއްލިފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.