Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ގެއްލުނު މީހާ ފަތާފައި ކާށިދޫއަށް އަރައިފި

ކާށިދޫ ކަނޑަށް ގެއްލުނު މީހާ ފަތާފައި ކާށިދޫއަށް އަރާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެއިން ފުރައިގެން ބ. އަތޮލަށް ދަތުރުކޮށްފައި ދިޔަ ދޯންޏަކުން ކާށިދޫއާ 6 ނޯޓިކަލް މޭލު ބޭރުން މީހަކު މޫދަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފެށިކަން ހާމަކޮށްފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދިޔަ މީހާ ފަތާފައި ކާށިދޫއަށް އަރާފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.