Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އަމިއްލަ މީހަކު މީދޫ ކޯގަންނު ގަބުރުސްތާނުގައި ދޮޅިދާންގެއް ބިނާކޮށްފި

ސ.މީދޫ، ދީނާރު، ނަސީރު ބިނާކުރެއްވި ދޮޅިދާންގޭގެ ތަޅުގަނޑި މީދޫ އަވަށުގެ ކައުންސިލަރާ ހަވާލުކުރަނީ: ފޮޓޯ - މީދޫ އަވަށު އޮފީސް

އަމިއްލަ ފަރާތަކުން މީދޫ ކޯގަންނު ގަބުރުސްތާނުގައި ބިނާކުރެއްވި ދޮޅިދާންގޭގެ މަސައްކަތް ނިމިއްޖެއެވެ.

މީދޫ އަވަށު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެތަނުގެ މަސައްކަތް ނިމި، ތަނުގެ ތަޅުދަނޑި ކައުންސިލަރު ސާލިހާ އާ ވަނީ ހަވާލުކޮށްފައެވެ. މިތަނަކީ މައްޔިތާ ވަޅުލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ތަރުތީބުކޮށް ބެހެއްޓޭގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

އަވަށުގެ ތަރައްގީއަށް ނުވަތަ އިޖުތިމާޢީ ބޭނުމަށް މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް އޮންނާނެކަމާއި، މިތަން ބިނާކުރެއްވި ފަރާތުގެ މަސައްކަތް ބަލައިގަނެ ހައްގު ޝުކުރު ދަންނަވާކަމަށް މީދޫ އަވަށު އޮފީހުން ވަނީ ބުނެފައެވެ.

މީދޫ ކޯގަންނު ގަބުރުސްތާނުގައި ދޮޅިދާންގެއެއް ބިނާކުރެއްވީ ސ.މީދޫ، ދީނާރު، ނަޞީރެވެ.