Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކަންކަން ރަނގަޅު ކުރަން އުޅޭއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ކަންކަން ރަނގަޅު ކުރަން އުޅޭއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ ތަބީއީ ކަމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގަިއ ވިދާޅުވީ، ކަންކަން ރަނގަޅު ކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ ވަރަށް ތަބީއީ ކަމެއްކަމަށެވެ.

ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިމިވަނީ ފުލުހުންގެ ހިދުމަތް ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރިކަމަށްބުނާ ސިޓީއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ އާ ޤާނޫނުގައި މިހާރު ބުނެފައިވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރު ކަމަށާއި ފުލުހުންގެ ޚިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީވާނީ ވަޒީރު ކަމަށެވެ. އެހެންނަމަވެސް އެއީ ސީދާ ހޯމް މިނިސްޓަރު ކަމަށް ޤާނޫނުގައި ބުނެފައެއް ނުވެއެވެ.